ދިއްލީގައި ތިބި ދިވެހި އާއިލާތަކާ ޒަމީރު ބައްދަލުކުރައްވައިފި
ޚާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ނިއުދިއްލީގައި ތިބި ދިވެހިންނާ ބައްދަލުކުރައްވައިފިއެވެ. ވަޒީރު ދިވެހިންނާ ބައްދަލުކުރެއްވީ ދިއްލީގެ ތާޖް ޕެލަސް ހޮޓެލްގައި ޚާރިޖީ ވަޒީރުގެ ޝަރަފުގައި އިންޑިއާގައި ހުންނަވާ ދިވެހި ރާއްޖޭގެ ހައިކޮމިޝަނަރު ބޭއްވި ރޭގަނޑުގެ ފަރިއްކޮޅެއްގެ ތެރެއިންނެވެ. މި ހަފްލާގައި ދިއްލީގައި ދިރިއުޅޭ ދިވެހި ޢާއިލާތަކާއި، އެކި ބޭނުންތަކުގައި އެސިޓީގައި މިވަގުތު ތިބި ބައެއް ދިވެހިން ބައިވެރިވިއެވެ. މި ބައްދަލުކުރެއްވުމުގެ ތެރެއިން ޚާރިޖީ ވަޒީރުވަނީ ދިވެހިންނާ ބައްދަލުކުރައްވައި އެމީހުންނަށް ދިމާވާ…