ޒަކާތު ކައުންސިލް ޒަކާތު ކައުންސިލުގެ މަސައްކަތް ފަށައިފި
މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ޒަކާތުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޒަކާތު ކައުންސިލުގެ މަސައްކަތްތައް ރަސްމީކޮށް ފަށައި، އެ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޒަކާތު ކައުންސިލުގެ ރައީސް އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. ޒަކާތު ކައުންސިލަކީ ދީނީ އަދި މާލީ މުހިންމު މުއައްސަސާތަކުގެ މަންދޫބުން ހިމެނޭ ގޮތަށް 9 މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ ކައުންސިލެކެވެ. މި ކައުންސިލްގައި…









