މައްކާ ރޫޓް އިނިޝިއޭޓިވްގައި ރާއްޖެ ހިމަނަން ސައުދީން ނިންމައިފި
ޙައްޖުވެރިންނަށް ފަސޭހަކޮށްދިނުމަށް ފަށާފައިވާ މައްކާ ރޫޓް އިނިޝިއޭޓިވްގަައި ރާއްޖެ ހިމެނުމަށް އެ ގައުމުން ނިންމާފައިވާކަމަށާއި، އެކަމުގެ ސަބަބުން ހައްޖުވެރިންނަށް ބޮޑެތި ލުއިތަކެއް ލިބޭނެ ކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. ފޭސްބުކުގައި ޑރ.ޝަހީމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައްކާ އިނިޝިއޭޓިވްގައި ދެ ގައުމުގެ އިމިގްރޭޝަނުން ކުރަންޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެގެން ފުރިހަމަކުރުމަށްފަހު ހައްޖަށް ފުރުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ. ޝަހީމު ވިދާޅުވީ އެގޮތަށް އިމިގްރޭޝަނާ ގުޅޭ ކަންކަން…









