މީޑިއާތަކަށް ބޮޑެތި ފިޔަވަޅުތަކެއް އަޅާ ބިލު އަނބުރާ ގެންދަން އެމްޖޭއޭ އިން ގޮވާލައިފި
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ ރާއްޖޭގެ ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އެކީހެން ގެއްލިގެންދާނެ ބިލެއް ކަމަށާއި އެ ބިލު އަނބުރާ ގެންދަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފި އެވެ. ނޫސްވެރިކަމާ ބެހޭ ބިލް މަޖިލީހަށް މިފަހަރު ވެސް ހުށަހެޅުއްވީ ކުރިން ވެސް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. އެމްޖޭއޭ އިން ނެރުނު ބަޔާނުގައި ބުނީ ބިލު ފަރުމާކޮށްފައި ވަނީ މީޑިއާތައް ރެގިއުލޭޓްކުރުމުގެ ބޮޑެތި…









