ދިވެހި ޤައުމިއްޔަތު މަޝްރޫޢުގެ ވިލަރެސްވެރީންނަށް ނޫސްވެރިކަމުގެ ތަމްރީން ކޯހެއް ފަށައިފި
ދިވެހި ޤައުމިއްޔަތު މަޝްރޫޢުގެ ވިލަރެސްވެރީންނަށް އަމާޒުކޮށް، ނޫސްވެރިކަމުގެ ކުރު ތަމްރީނު ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. މި މަހުގެ 2 އިން 12 ގެ ނިޔަލަށް ކުރިއަށް ގެންދާ، މި ކޯހުގައި ކިޔަވައިދެއްވާނީ ނޫސްވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ތިއްބެވި އެންމެ ތަޖުރިބާކާރު ބޭފުޅުންނެވެ. އެއީ ނޫސްވެރިކަމުގައި 25 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައި، ނޫސްވެރިކަން ނުވަތަ ލިޔުންތެރިކަމުގެ ރޮނގުން ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށް ދާނީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ…