ރައްކާ ރޯޑްޝޯވް އެލައިޑާއި އެކު ކުރިއަށް ގެންދަން އެއްބަސްވުމުގައި ސޮއިކޮށްފި
މި އަހަރުގެ ރައްކާ ރޯޑް ސޭފްޓީ އެވެއާނެސް ކެމްޕެއިން ކުރިއަށް ގެންދިއުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އެލައިޑް އިންޝުއަރެންސް ކޮމެޕްނީގެ 41ވަނަ އަހަރީ ދުވަހާ ގުޅިގެން މިއަދު އެ ކުންފުނީގައި އޮތް ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ލުވައިޒްއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް…









