ފޮރިން ސެކްރެޓަރީގެ މަގާމަށް އިނާޔާ އަލުން އައްޔަންކޮށްފި
ފޮރިން ސެކްރެޓަރީގެ މަގާމަށް އެ މަގާމުގައި ކުރިން ހުންނެވި ފާތުމަތު އިނާޔާ އަލުން އައްޔަންކުރައްވައިފި އެވެ. ސްޓޭޓް މިނިސްޓަރެއްގެ ފެންވަރުގައި ފޮރިން ސެކްރެޓަރީގެ މަގާމަށް އިނާޔާ ފުރަތަމަ އައްޔަން ކުރެއްވީ ޑިސެމްބަރު 12، 2023 ގަ އެވެ. ނަމަވެސް އެ މަގާމުން އިނާޔާ ވަނީ މި އަހަރުގެ މެއި މަހު އިސްތިއުފާ ދެއްވާފަ އެވެ. އިނާޔާ އަކީ ރާއްޖޭގައި ފޮރިން ސެކްރެޓަރީގެ މަގާމު ފުރުއްވި ހަމައެކަނި އަންހެން ބޭފުޅާ އެވެ. ފޮރިން ސެކްރެޓެރީގެ މައިގަނޑު ދައުރަކީ ހާރިޖީ…









