އިނގިލިތައް ބުރިކުރާނެ ކަމަށް ބުނި މީހުންގެ ބަންދަށް އިތުރު 15 ދުވަސް
ބިދޭސީންތަކަކެއްގެ އިނގިލި ބުރިކޮށްލާނެ ކަމަށް ބުނެ ބިރު ދައްކައިގެން ފޭރުނު މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް އިތުރު 15 ދުވަސް ކޯޓުން ޖަހައިފިއެވެ. މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ ހައްޔަރު ކުރީ ސ. ހިތަދޫ، އަތިރީއާގެ، އަހުމަދު ސިވާތް (37އ) އާއި ސ. ހިތަދޫ، ޑިލައިޓްފޭސް، މުހައްމަދު ސާލިމް (37އ) އެވެ. އެމީހުން ހައްޔަރުކޮށް ފޭރުނު ފައިސާ ހޯދާފައިވާއިރު، އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ 15 ދުވަހަށް…