ރައީސްގެ ތައުޒިޔާ އެމެރިކާ އަށް
އެމެރިކާގެ ވޮޝިންގްޓަން ޑީސީއާ ދާދި ކައިރިން، މަތިންދާ ބޯޓަކާއި ހެލިކޮޕްޓަރެއް ޖެހިގެން ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ. މި ހާދިސާގައި، ހުރިހާ ފަސެންޖަރުންނާއި ކުރޫއިންގެ ފުރާނަ ވަނީ ގެއްލިފަ އެވެ. ރައީސްގެ ތައުޒިޔާގެ މެސެޖުގައި، މި ހާދިސާގައި ފުރާނަ ގެއްލިދިޔަ މީހުންގެ ޢާއިލާތަކަށާއި، އެމެރިކާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެ އެވެ. އަދި މި ހިތާމައިގެ ދަނޑިވަޅުގައި…