ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް ވަޑައިގެންފި އެވެ. ރައީސް ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވީ ސިއްހީ ފަރުވާ އަކަށް ދެ ދުވަހުގެ މުއްދަތަކަށެވެ. އެއީ މީގެކުރިން ކުރެއްވި ސާޖަރީއަކާ ގުޅިގެންނެވެ. ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ސިންގަޕޫރަށް ވަޑައިގަންނަވަނީ އާރަށުގައި ފުޓްބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާއާ ގުޅިގެން "ސެކަންޑް އޮޕީނިއަން" އެއް ހޯއްދެއްވުމަށާއި މީގެ ކުރިން ކުރި ސާޖަރީއެއްގެ ޗެކަޕްއަކަށެވެ. އާ ރަށުގައި…