ހަކަތައިގެ ބިލު ރައީސް ތަސްދީގު ކުރައްވައިފި
ދިވެހިރާއްޖޭގެ ހަކަތައިގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ. މި ބިލަކީ 2021 ސެޕްޓެންބަރު މަހުގެ 21 ވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. ދިވެހިރާއްޖޭގެ ހަކަތައިގެ ގާނޫނަކީ ދިވެހިރާއްޖޭގައި ހަކަތަ އުފެއްދުމާއި، ހަކަތަ ބޭނުންކުރުމާއި، ހަކަތަ ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައަޅާފައިވާ ގާނޫނެކެވެ. މި ގާނޫނުގައި ހަކަތައިގެ ހިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ހައްގުތަކާއި، ޢާންމު ބޭނުންތަކެއްގެ ހިދުމަތެއްގެ ގޮތުގައި…