މަޖިލިސް އިންތިހާބާ ގުޅޭ މައްސަލަތަކެއް އޭސީސީން ބަލަނީ
އަންނަ މަހުގެ 21 ވަނަ ދުވަހަށް ތާވަލުކޮށްފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅޭ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަން ފަށައިފި އެވެ. އޭސީސީން ބުނީ މަޖިލިސް އިންތިހާބާ ގުޅޭގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން އަށް މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އެ މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ ވަސީލަތްތައް ކެމްޕޭނު ހަރަކާތްތައް ހިންގުމުގައި ބޭނުންކުރުމާއި، ރިޝްވަތާއި ގުޅުންހުރި މައްސަލައާއި، އަދި ވާދަކުރާ ކެންޑިޑޭޓުންގެ ހައްގަށް އުނިކަން ލިބޭގޮތަށް ކެމްޕޭންކުރުން ފަދަ މައްސަލަތައް ހިމެނޭކަމަށް…