ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދޭން ހުށަހެޅި ގަރާރަށް ރާއްޖެއިން ތާއީދު ކޮށްފި
ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށް ދިނުމާ ބެހޭގޮތުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިސްތިޝާރީ ލަފައަކަށް އެދި ހުށަހެޅި ގަރާރަށް ރާއްޖެ ހިމެނޭހެން 137 ގައުމަކުން ތާއީދުކޮށް ގަރާރު ފާސްކޮށްފިއެވެ. ފަލަސްތީނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭގޮތުން އިޒްރޭލުން އުފުލަންޖެހޭ ޒިންމާތަކާ ބެހޭގޮތުން އައިސީޖޭގައި އިސްތިޝާރީ ލަފައަކަށް އެދި ހުށަހެޅި ގަރާރު މިދިޔަ ބުރާސްފަތި ދުވަހު އދގެ އާއްމު މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މި ގަރާރު ހުށަހަޅާފައި ވަނީ ނޯވޭގެ އިސްނެގުމާއެކު، އެހެން…