ރާއްޖެ މުޅިން ޑިޖިޓަލްކޮށްލުމުގެ މަޝްވަރާތަކަށް "މޯލްޑިވްސް 2.0" ސަމިޓު ފަށައިފި
ރާއްޖެ މުޅިން ޑިޖިޓަލް ކޮށްލުމުގެ މަޝްވަރާތަކަށް "މޯލްޑިވްސް 2.0" ސަމިޓު ރޭ ފަށައިފިއެވެ. "މޯލްޑިވްސް 2.0" އަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް ރާއްޖެ ގެންދިޔުމުގައި ރައީސުލްޖުމްހޫރިއްޔާގެ ގައުމީ ތަސައްވުރެވެ. އެއީ ސަރުކާރުން ޚިދުމަތްކުރާ ގޮތާއި، އިގްތިޞާދު ކުރިއަރަމުންދާ ގޮތާއި، އާންމު ޚިދުމަތާއި، ޒަރޫރީ މައުލޫމާތު ކޮންމެ ދިވެއްސަކަށް، ކޮންމެ ރަށަކަށް ފޯރުވާގޮތް އަލުން ބައްޓަންކުރުމުގެ ތަސައްވުރެކެވެ. މި ސަމިޓު ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ހޯމްލޭންޑް ސެކިއުރެޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނު ވިދާޅުވީ، މޯލްޑިވްސް…









