ރާއްޖެ އާއި އިންޑިއާގެ އާ އެއްބަސްވުމެއް
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިން، އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި ޕްރޮޖެކްޓުތަކެއް ހިންގަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. އޭގައި އިއްޔެ ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ހަލީލެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރެވެ. ނަމަވެސް މި އެއްބަސްވުމާ ގުޅޭ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. ފޮރިން މިނިސްޓަރު ހަލީލް އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޖައިޝަންކަރުގެ އިތުރުން…