ޔުމްނު އިތުރު ފަރުވާއަށް މެލޭޝިއާއަށް ފުރުވާލައިފި
މާލޭގެ އިމާރާތަކުން ވެއްޓި ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ހައްވާ ޔުމްނު ރަޝީދު އިތުރު ފަރުވާއަށްޓަކައި މިރޭ މެލޭޝިއާއަށް ފުރުވާލައިފިއެވެ. ޔުމްނަށް ފަރުވާ ދޭނެ ކަމަށް ވަނީ މެލޭޝިއާގެ ވެރިރަށް ކުއާލާ ލަމްޕޫރުގައި ހުންނަ ޕަންޓާއީ ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލްގެ ލިޔުމުގައިވާ ގޮތުން، ޔުމްނުގެ ބުރަކަށްޓާއި ފައިގެ ކަށިތަކާއި މޭ ކަށިތައް ބިންދައިގެން ގޮސްފައިވެއެވެ. މިމަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ވެއްޓިފައިވާ ޔުމްނު ފެނުނީ އެދުވަހުގެ ހެނދުނުއެވެ. އެހާދިސާގައި…