ކުޅުދުއްފުށީގައި އެންޑޯމެޓްރިއޯސިސް އަދި އެންސީޑީ ކްލިނިކެއް ހުޅުވައިފި
ކުޅުދުއްފުށީގައި އެންޑޯމެޓްރިއޯސިސް އަދި ގައިން ގަޔަށް ނާރާ ބަލިތަކަށް (އެންސީޑީ) ޚާއްޞަ ކްލިނިކެއް ހުޅުވައިފިއެވެ. މީގެ އިތުރުން ޓެލެމެޑިސިންގެ ޚިދުމަތްވެސް ކުޅުުދުއްފުށީ ހޮސްޕިޓަލުގައި އިފްތިތާޙްކޮށްފައެވެ. ކުޅުދުއްފުށީ ހޮސްޕިޓަލަށް 43 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޓެލެމެޑެސިންގެ ޚިދުމަތާއި އެންޑޯމެޓްރިއޯސިސް ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ކުލިނިކުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސް ޑޮކްޓަރ އަޙްމަދު އަޝްރަފްއެވެ. މިއަދުގެ ރަސްމިއްޔާތުގައި ހދ…