އިންޑިއާއިން ވަޑައިގެން ދެދުވަސް ފަހުން ޝާހިދު ބަލްގޭރިއާއަށް
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭގެ ވަގުތެއްގައި ބަލްގޭރިއާއަށް ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭގެ ވަގުތެއްގައި ބަލްގޭރިއާއަށް ފުރާވަޑައިގެންފި އެވެ.
2023ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަންނަވާނީ މައުސޫމުކަން ސާބިތުވެގެން ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް މައުމޫނުގެ ދަރިކަލުން ޣައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޕީޕީއެމްގެ ގަދަ މަސައްކަތުން ރައްޔިތުންގެ ލޯތްބާއެކު ކީރިތި ﷲގެ އިރާދަފުޅުން 2023ގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަންނަވާނީ އިންސާފުވެރި އިސްތިއުނާފަކުން މައުސޫމުކަން ސާބިތުވެގެން ކަމަށެވެ. ޣައްސާން މައުމޫނު މިގޮތަށް ޓުވީޓު ކުރައްވާފައި މިވަނީ ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި އިންޓަރވިއުއެއްގައި ރައީސް…
މިނިވަންކަން ދެމެހެއްޓުމަށް ގައުމުތަކާއެކު އޮންނަ ގުޅުން ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ. މިނިވަންދުވަހުގެ މުނާސަބާގައި ގައުމާ މުހާތަބު ކުރައްވައި ދެއްވި ހިތާބުގައި ރައީސް ވިދާޅުވީ، އދ.ގެ އާންމު މަޖިލީހުގެ ރިއާސަތަށް ރާއްޖެ އިންތިހާބުވެ، ދުނިޔޭގެ ފެންވަރުގައި ބަސް ކިޔޭވަރުގެ ގައުމަކަށް ރާއްޖެ ވެގެން ދިޔައީ، ރާއްޖޭގެ މިނިވަންކަން ފުރިހަމައަށް ޙިމާޔަތްކުރެވޭ ގޮތަށް، އަދި ދުނިޔޭގެ އެހެން ގައުމުތަކުގެ މިނިވަންކަމަށް ވެސް ހުރުމަތްތެރިކޮށް ހިތާ ސިޔާސަތެއްގެ ދަށުން،…
ރޮޒައިނާއަކީ ގަމާރެއް ކަމަށާއި މާލެ ތެރޭގައި އެފަދަ ކިތަންމެ ބަޔަކާއި ޒުވާބު ނުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ހިޔާނާތުގެ ތުހުމަތު ކުރެވޭ މައްސަލައިގައި ދައުވާކުރުމާ މެދު ގޮތް ނިންމަން ވަކި ތާރީޚެއް ނެތް ކަމަށް [ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް] ޕީޖީ އޮފީހުން ބުނެފި އެވެ. ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ހަމައެމްވީއަށް ވިދާޅުވީ ކުރިން އެމައްސަލައިގައި ގޮތް ނިންމަން ނިންމީ އީދުގެ ކުރިން ކަމަށާއި ނަމަވެސް އެމައްސަލައަކީ ޖޮއިންޓް އިންވެސްޓިގޭޝަންއެއް ކަމުން މައްސަލައިގައި ދިރާސާ ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން މައްސަލައިގައި ގޮތްނިންމާނެ ވަކި…
ރާއްޖެއިން އަނިޔާވެރި ހަރުކަށި ފިކުރު ނައްތައިލަން ޖެހޭކަމަށާއި އެކަން ކުރަން ވާނީ އިލްމުވެރިންގެވެސް ބައިވެރިވުމާއިއެކު ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
ގަބޫލު ނުކުރެވޭފަދަ ވާހަކައެއް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ނަމަވެސް އެކަމާއި ދެކޮޅު ހެދުމުގެ އިހުތިޔާރު އޮންނަންވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.
މޫސުމް ގޯސްވެ ސ.ހިތަދޫގެ ދެ ގެއަކަށް ގެއްލުން ލިބުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ. މިއަދު މެންދުރުފަހު ބޯކޮށް ވާރޭވެހި ވައިގަދަވުމުގެ ސަބަބުން ސ.ހިތަދޫގެ ގެއެއްގެ ފުރާޅު އެއްލާލައި، އިތުރު ގެއަކަށް ފެން ވަންނަމުންދާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ. މިގޮތުން ވިއްސާރަވެ، ވައިގަދަ ވުމުގެ ސަބަބުން ސ.ހިތަދޫގެ ގެއެއްގެ ފުރާޅު އެއްލާލި ކަމުގެ މަޢުލޫމާތު މިއަދު ހަވީރު 15:41…