30،109 ދަރިވަރުންނަށް ކޮވިޑް19 ދިފާއު ވެކްސިން ދީފި
ރާއްޖޭގެ އާބާދީގެ 12އަހަރާއި 17 އަހަރާ ދެމެދުގެ 30,109 ކުދީންނަށް ފައިޒަރ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ. މިއީ 12 އަހަރާއި 17 އަހަރާއި ދެމެދުގެ ވެކްސިންޖެހޭ ކެޓަގަރީގެ 70 އިންސައްތަ އާބާދީއަށްވުރެ އިތުރު އަދަދެކެވެ. މިއީ ރާއްޖޭގެ ދަރިވަރުންގެ ރައްކާތެރި ކަމަށް ކުރެވެމުންދާ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އެމިނިސްޓްރީން ހާމަކުރެއެވެ. މިހާތަނަށް ރާއްޖޭގެ 108 ސުކޫލެއްގެ ދަރިވަރުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ވަނީ ފަށާފައެވެ. ރާއްޖޭގެ ސުކޫލްތަކުގައި…