ފަތުރުވެރިކަން ކުރިއެރުވުމަށް ފަށާ ދަތުރަށް ބައިވެރިން ތަމްރީން ކުރާ ޕްރޮގްރާމު ފަށައިފި
ފަތުރުވެރިކަން ކުރިއެރުވުމަށް ފަށާ ދަތުރަށް ބައިވެރިން ތަމްރީން ކުރާ ޕްރޮގްރާމު ފަށައިފިއެވެ. އެގޮތުން މޯލްޑިވްސް އިންޓިގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން، ލޯކަލް ޓުއަރ ގައިޑް ތަމްރީން ކުރުމުގެ މި ޕްރޮގްރާމް މިހާރު ވަނީ ފަށާފައެވެ. 10 ދުވަހުގެ މި ތަމްރީން ޕްރޮގްރާމުގެ އަމާޒަކީ، ސަވާދީއްތަ ދަތުރަށް ތައްޔާރުވުމުގެ ގޮތުން، މިދަތުރުގައި ޒިޔާރަތްކުރާ ރަށްރަށުގައި އާރުކާޓީން ތަމްރީނުކޮށް، ޒިޔާރަތް ކުރާ ފަތުރުވެރިންނަށް، ރަށްރަށުގެ އާޘާރުތަކާއި އަދި ރަށާއިބެހޭ ފުރިހަމަ މަޢުލޫމާތު ދިނުމުގެ…