އިސްދޫގެ 245 ގެއެއްގައި ފެނުގެ ޚިދުމަތް ޤާއިމްކުރެވިއްޖެ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ލ. އިސްދޫގެ 245 ގެއެއްގައި ފެނުގެ ޚިދުމަތް ޤާއިމްކުރެވިފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން މިއަދު ބުނީ އިސްދޫގައި ކުރިއަށްގެންދިޔަ ފެނުގެ މަޝްރޫޢުގެ މަސައްކަތްތައް ނިމި، އޮޕަރޭޓަރާއި ޙަވާލުކުރެވިފައިވާ ކަމަށާއި، މި މަޝްރޫޢުގެ ދަށުން މިހާރު ދަނީ ޑިފެކްޓްސް ލައަބިލިޓީ ޕީރިއަޑްގެ ދަށުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެމުން ކަމަށެވެ. މި މަޝްރޫޢަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ފައިނޭންސިންގގެ ދަށުން ކުރިއަށް ގެންދެވުނު މަޝްރޫޢެކެވެ. މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ އެސް.އެމް.ސީ…