ދ. އަތޮޅު ކައުންސިލުން މިނިމަސްގަލި ކުއްޔަށް ދީފި
ދ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ފަޅުރަށެއް ކަމަށްވާ މިނިމަސްގަލި ކުންފުންޏަކަޑް ކުއްޔަށް ދީފި އެވެ. ޖުމްލަ 21 އަހަރުގެ މުއްދަތަކަށް އެ ރަށް ކުއްޔަށް ދިނީ ޔަޝް އެގްޒޮޓިކް އައިލެންޑް ޕްރައިވެޓް ލިމިޓެޑަށެވެ. މި އެއްބަސްވުމުގެ ދަށުން އެ މުއްދަތުގެ ތެރޭގައި ކައުންސިލަށް ޖުމްލަ 50.4 މިލިއަން ރުފިޔާއަށް ލިބިގެން ދާނެ އެވެ. ދ. އަތޮޅު ކައުންސިލުން ނެރުނު އިއުލާނެއްގައ ބުނީ މިނިމަސްގަލި، ޔަޝް އެގްޒޮޓިކް އައިލެންޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާތީ އެ ކުންފުނީގެ ހުއްދަ…









