މަނީ ލޯންޑަރ ކުރި ބިދޭސީމީހާ: ފަސް އަހަރުތެރޭގައި 8 މިލިއަން ރުފިޔާ އެކައުންޓުގައި ދައުރުވި
އިމިގްރޭޝަން އޮފިސަރުންތަކަކާ ގުޅިގެން ގާނޫނާއި ގަވައިދާ ޚިލާފަށް ރާއްޖެއަށް ބިދޭސީން ގެނައުމުގެ ވިޔަފާރިކޮށް، މަނީ ލޯންޑާކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީމީހާގެ އެކައުންޓުތަކުގައި ފަސް އަހަރުތެރޭގައި މިލިއަން ދިވެހި ރުފިޔާ ދައުރުކޮށްފައިވާ ކަމަށް، ފުލުހުން މިއަދު ބުނެފިއެވެ. ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަހާދަތު ހުސައިން 34އ މާލެ އައީ ފުލުހުން އާންމުކުރި މައުލޫމާތުން 2019 ވަނަ އަހަރު ތެރޭގައެވެ. ފުލުހުންގެޗީފް އިންސެޕްޓާ އޮފް ޕޮލިސް އަހުމަދު އަޒްމަތު އަބްދުﷲ މިއަދު ވިދާޅުވީ ޝަހާދަތުގެ ބީއެމްއެލް ރުފިޔާ ތިން…