ފުލުހުން އައުމުން މަސްތުވާތަކެތި ދިރުވާލި އަންހެނެއް ހައްޔަރުކޮށްފި
ފުލުހުން އައުމުން މަސްތުވާތަކެތި ދިރުވާލި ކަމަށް ބުނާ މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ތިމަރަފުށި ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި 40 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވަނީ އަންގާރަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާ ބަލައިފާސްކުރަން އުޅުނު ވަގުތު އޭނާގެ ހަށިގަނޑުގެ ތެރެއިން ބިންމައްޗަށް ވެއްޓުނު އެއްޗެއް ނަގައި ދިރުވައިލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ތަކެތި ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް…









