7،500 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޯލެވެލް ފަށައިފި
މި އަހަރުގެ އޯލެވެލް އިމްތިހާން 7،500 އަށްވުރެ ގިނަ ދަރިވަރުންނާއެކު ފަށައިފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި އައިޖީސީއެސްއީ އިމްތިހާނާއި އެސްއެސްސީ އިމްތިހާނުގައި ޖުމްލަ 7،501 ދަރިވަރުން ބައިވެރިވެ އެވެ. އެސްއެސްސީ އިމްތިހާނުގައި 7،133 ދަރިވަރުން ބައިވެރިވާއިރު ފުރަތަމަ ހަފުތާގައި ކުރިއަށްދާނީ އެސްއެސްސީގައި ހިމެނޭ ދިވެހި، އިސްލާމް އަދި އަރަބި މާއްދާތަކުގެ އިމްތިހާނެވެ. އައިޖީސީއެސްސީ އިމްތިހާނު ކުރިއަށްދާނީ މެއި ދެވަނަ ދުވަހުން ފެށިގެން ޖޫން 13 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއަހަރުގެ އޯލެވެލް އިމްތިހާނު ނިމޭ…