އިތުރު 7 ފަޅުރަށް ހޯދުމަށް ފަސް ކައުންސިލަކުން އެދިއްޖެ
ކައުންސިލްތައް މާލީ ބާރުވެރިކުރުވުމަށް ފަޅުރަށްތައް ދޫކުރުމަށް ނިންމާފައިވާ ނިންމުގެ ދަށުން އިތުރު 7 ފަޅު ރަށް ހޯދުމަށް ފަސް ކައުންސިލަކުން ސިޓީސް އެންޑް ލޯކަލް ގަވަރމަންޓް މިނިސްޓްރީގައި އެދިއްޖެއެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ ވަރަށް ގިނަ ކައުންސިލްތަކުން ފަޅުރަށްތައް ހޯދުމަށް ޝައުގުވެރިކަން ފާޅުކުރަމުން އަންނަކަމަށެވެ. އެގޮތުން އިތުރު 5 ކައުންސިލަކުން 7 ރަށެއް ހޯދުމަށް މިހާރު ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށެވެ. "މިހާރުވެސް އަނެއްކާވެސް އެބަހުރި އިތުރު 5…