ރައްޔިތުންގެ ފައިދާއަށް ރައީސް އަޅުވަމުން ގެންދަވާ ފިޔަވަޅުތައް ބަލައިގަންނަން ޖެހޭ: ފަހުމީ
ރައްޔިތުންނަށް ހެޔޮގޮތް މެދުވެރިވާން އޮތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަޅުވަމުން ގެންދަވާ ފައިދާހުރި ފިޔަވަޅުތައް ބަލައިގަނެ އެއްބާރުލުން ދީގެން ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޙުސައިން ފަހުމީ ވިދާޅުވީ ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭނެ ކަންކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަންކަން ކުރައްވަމުން ގެންދަވަނީ ސިޔާސީ ވާދަވެރިން ދައްކާނެ ވާހަކަތަކަށް ބެއްލެވުމެއް ނެތި ކަމަށެވެ. އަދި އެމަނިކުފާނުގެ ބޭނުންފުޅަކީ ރައްޔިތުންނަށްޓަކައި ހެޔޮވެރިކަމެއް ކޮށްދެއްވުން ކަމަށްވެސް ފަހުމީ…