ކެންސަރ ހޮސްޕިޓަލްގެ މަސައްކަތް އަވަސްކޮށްދިނުމަށް ލ އަތޮޅު ކައުންސިލުން އެދިއްޖެ
ލ އަތޮޅުގައި ހަދައިދެއްވުމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވި ކެންސަރ ހޮސްޕިޓަލްގެ މަސައްކަތް ފެށުން އަވަސްކޮށްދެއްވުމަށް ލ އަތޮޅު ކައުންސިލުން ނައިބު ރައީސްގެ އަރިހުގައި އެދިއްޖެއެވެ. ހައްދުންމަތީ އަތޮޅު ކައުންސިލްގެ މެންބަރުންނާއި މިއަދު ނައިބު ރައީސް ވަނީ ބައްދަލު ކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި އަތޮޅުގެ އެކި ރަށްރަށުގެ ސިއްހީ ހިދުމަތް ފޯރުކޮށްދެމުންދާ އިދާރާތަކުގައި މުވައްޒަފުންގެ ދަތިކަން ކުރިމަތިވެފައިވާކަމަށާއި ބައެއް ވަޞީލަތްތައް ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރެއްވެވިއެވެ. އަދި އަތޮޅުގައި ތަރައްގީކުރުމަށް ދޫކޮށްފައިވާ ރިސޯޓްތަކުގެ މަސައްކަތް އަވަސްކޮށްދެއްވުމަށާއި، އަތޮޅުގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ…