ބަންދުކޮށްފައިވާ މަގުތައް ހުޅުވާލުމަށް ކޯޓަށް ދާންޖެހޭނަމަ އެކަންވެސް ކުރާނަން: މޭޔަރު
ސްޓެލްކޯގެ އިން ބަންދުކޮށްފައިވާ މާލޭގެ ބައެއް ސަރަޙައްދުތަކުގެ ގޯޅިތަކާ މަގުތަށް ހުޅުވާލުމަށް ކޯޓަށް ދާންޖެހޭނަމަ އެކަންވެސް ކުރައްވާނެކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިމަހުގެ 25 ވަނަ ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 15 ވަނަ ރަސްމީ އާއްމު ޖަލްސާއަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މޭޔަރ ވިދާޅުވީ މިގޮތަށް ބަންދުކޮށްފައިވާ މަގުތަކާ ގޯޅިތަށް ހުޅުވާލުމަށް މާލޭ ސިޓީ ކައުންސިލުން ސްޓެލްކޯއަށް ލިޔުމުން އަންގާފައިވާނެކަމަށެވެ. އެހެންނަމަވެސް އެކަން އެގޮތަށް…