ޑިފެންސް މިނިސްޓްރީއަށް ދެ ޖެޓްސްކީ އާއި 10 ސައިކަލު ހޯދަނީ!
ދެ ޖެޓްސްކީއާއި 10 މޮޓޯ ސައިކަލު ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ތަކެތި ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން ޑިފެންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ. ވަކިވަކިން ކޮށްފައިވާ އިއުލާނުތަކެއްގައި ވަނީ، އެކި ބާވަތުގެ ސާމާނުތައް އެ މިނިސްޓްރީއަށް ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އެ މިނިސްޓްރީން ހޯދަނީ: ދެ ޖެޓްސްކީ ލޭޒާ އެންގްރޭވިން މެޝިނެއް އިންޓަރެކްޓިވް ސްމާޓް ބޯޑެއް ސައުންޑް ސިސްޓަމެއް 10 މޮޓޯ ސައިކަލު ޓީވީތަކެއްގެ ކަނޑު އުޅަނދުތަކެއްގައި ހަރުކުރުމަށް ބޭނުންވާ ރާޑަރު ސިސްޓަމްތަކަކާއި އެކްސެސަރީސް…









