މާލޭ ސިޓީ ކައުންސިލުން ފްލެޓް ޝަކުވާ ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފި
’ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅާ 4،000 ހައުސިންގ ޔުނިޓު ލިބޭނެ ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ. މިއަދު ބޭއްވުނު ކައުންސިލް ބައްދަލުވުމުގައި، ބައްދަލުވުމަށް ޙާޟިރުވެވަޑައިގެންނެވި 12 ކައުންސިލަރުންގެ ތެރެއިން 8 ކައުންސިލަރުންގެ ވޯޓުން، ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ސެޓްއަޕެއް ސިޓީ ކައުންސިލްގައި ޤާއިމުކުރުމަށް ފާސްކުރިއެވެ. ހައުސިންގ މިނިސްޓްރީން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު މިދިޔަ ހަފުތާ ބުރާސްފަތި ދުވަހު…