މާލޭގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނެ
މިއަހަރު މާލޭގެ ހަތަރު ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދުކުރުމަށް ހަމަޖެހިފައިވާކަން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި އެވެ. އީދު ނަމާދުގެ ޖަމާއަތް ފަށާ ވަގުތަކީ 7:00 ކަމަށް އިސްލާމިކް މިނިސްޓްރީ މިއަދު ވަނީ ކަނޑައަޅާފަ އެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ނެރުފައިވާ ބަޔާނެއްގައި ބުނީ އެވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށްވެފައި މިހާރަކަށް އައިސް ރާއްޖޭގައި މައިދާންތަކާއި ހުސްބިންތަކުގައި އީދު ނަމާދު ކުރަމުން ގެންދާތީ އާއި، އީދު ނަމާދުގެ ޖަމާއަތަށް ހާޒިރުވާ ފަރާތްތަކުގެ ތެރޭގައި…