ބްރޯޑްކޮމްއަށް ޒީނާ އައްޔަން ކުރަން ކޮމިޓީން ފާސްކޮށްފި
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް ޕީއެމްއެސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. ބްރޯޑްކޮމްއަށް ދެ މެންބަރަކު އައްޔަނު ކުރުމަށް ޓަކައި ދެ ފަހަރަކު ވަނީ އިއުލާންކޮށްފައެވެ. އޭގެ ތެރެއިން ފުރަތަމަ އިއުލާނަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން 10 ނަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ އޭޕްރީލް 23ގައި މަޖިލީހަށް ފޮނުއްވައިފައެވެ. މިއަދު ރައީސް ފޮނުއްވި ނަން ތަކަކީ ދެވަނަ އިއުލާނަށް…








