ސަމާހު ބަންދު ނުކުރަން ހައިކޯޓުން ނިންމި ނިންމުމަށް ސުޕްރިމް ކޯޓުން ތާއީދު ކޮށްފި
މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ ވ. ކެޔޮދޫ/ ދޭލިއާގޭ، މޫސާ އަހުމަދު މަނިކު މަރާލި މައްސަލައިގައި ދައުވާކުރާ، އދ. މާމިގިލީ/ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީ ބަންދު ނުކުރަން ހައިކޯޓުން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ. މި މައްސަލައަކީ އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކުރުމުން، އޭނާ ބަންދުން ދޫވެފައިވަނިކޮށް އަލުން އޭނާ ބަންދު ކުރަން ސުޕްރީމް ކޯޓުން އަމުރުކޮށް،…









