ގެސްޓުހައުސްއެއްގައި މަރުވެފައި އޮއްވާ ފެނުނު ހަސީބުގެ އޮޓޮޕްސީ ހަދައިފި
މާފަންނުގައި ހުންނަ ގެސްޓްހައުސްއެއްގައި މަރުވެފައި އޮއްވާ ފެނުނު އދ. ދަނގެތި، ހަވީރީ މަންޒިލް، އިބްރާހިމް ހަސީބު 28،ގެ އޮޓޮޕްސީ ހަދައިފި އެވެ. ހަސީބު ފެނުނީ އޭޕްރިލް 12، ވަނަ ދުވަހު 05:18 ހާއިރު މާފަންނުގައި ހިންގާ ގެސްޓުހައުސްއެއްގައި މަރުވެފައި އޮއްވާއެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ އޮޓޮޕްސީ ހެދުމަށްފަހު ރާއްޖެ ގެނެސް އާއިލާއާ ހަވާލުކުރުމުން، މާލޭ އާސަހަރާގައި ވަޅުލީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ހަސީބުގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.…









