އީދަށް ދިއްލުމަކީ ދީނީ އަދި ގައުމީ ބޮޑު މަސައްކަތެއް، ރާވައި ހިންގަން ލިބުމަކީ ފަހުރެއް: ފަހުމީ
ފިތުރު އީދަށް ރާއްޖޭގެ ރަށްތައް ދިއްލުމަކީ ދީނީ އަދި ގައުމީ ބޮޑު މަސައްކަތެއް ކަމަށާއި މި މަސައްކަތް ރާވައި ހިންގަން ސްޓެލްކޯ އަށް ފުރުސަތު ލިބުމަކީ ފަހުރެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. ފަހުމީ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އަހަރުގެ ފިތުރު އީދަށް ރާއްޖޭގެ ރަށްތައް ދިއްލުމަށް ކުރެވެމުންދާ މަސައްކަތަކީ އީދުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމާއި އެކުވެރިކަން ފަދަ އިސްލާމީ ރިވެތި ސިފަތައް ދިރުވައި އާލާކުރުމަށް ކުރެވޭ މަސައްކަތެއް…