ސްޓެލްކޯ މުވައްޒަފުން ތަމްރީނުކުރަން ޕޮލިޓެކްނިކާއެކު ސޮއިކޮށްފި
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް(ސްޓެލްކޯ) މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމުގެ ގޮތުން ޕޮލިޓެކްނިކާއި ސްޓެލްކޯއާއި ދެމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. އިއްޔެއިން ފެށިގެން ފަސް އަހަރު ދުވަހަށް ސޮއިކުރި މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެވެ. އަދި ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއިއޯ ޒޫޝާން ކަމާލުއްދީނެވެ. ސްޓެލްކޯއިން ބުނީ އެ އެއްބަސްވުމުގެ ސަބަބުން އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަ ސެޓިފިކޭޝަން ކޯސްތަކާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް…