ސުޕްރީމް ކޯޓުގެ ބެންޗް ކުޑަކުރާ ބިލް ބަލައިގެންފި
ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން، ފަހަކަށް މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިއަދު ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފިއެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވަނީ އެ ބިލް ދިރާސާ ކުރުމުގެ މަސައްކަތް މިއަދު ހަވީރު ފަށަން ނިންމާފައެވެ. މި ބިލް ބަލައިގަތުމަށް ނެގި ވޯޓުގައި މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮންނަ ޕިއެންސީގެ 64 މެމްބަރުން ވަނީ ބިލާއި އެއްކޮޅަށް ވޯޓް ދެއްވާފައެވެ. ބިލާއި ދެކޮޅަށް ވޮޓް ދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންނެވެ. މި…









