ޑްރަގު މައްސަލައެއްގެ ތަހުގީގަށް، ތިން މީހަކު ހޯދަނީ
ފުލުހުން ތަހުގީގުކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ތިން މީހަކު ހާޒިރުކުރަން އިއުލާނުކޮށްފި އެވެ. ފުލުހުންގެ ހިދުމަތުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެ މީހުން ހޯދަމުންދަނީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށެވެ. އެ ތިން މީހުންނަކީ، ކ.ކާށިދޫ ރިވެލި، އީސާ ވަސީމް (37އ) އާއި ކ. ތުލުސްދޫ ބްލޫވޭވް، މުހައްމަދު އިސްމާއިލް (48އ) ގެ އިތުރުން ސ. ހިތަދޫ، ސްޕަންޖްގެ އަހުމަދު ހޫދު،…









