ބައި މިލިއަން ރުފިޔާގެ ކާބޯތަކެތި ފަލަސްތީނަށް ފޮނުވައިފި
ޒަކާތު ފަންޑުގެ އެހީގައި ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ބައި މިލިއަން ރުފިޔާގެ ކާބޯތަކެތި ރާއްޖެ އިން ފޯރުކޮށްދީފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތު ހައުސް އަށް ރައްޔިތުން ހަވާލުކުރި ފިތުރު ޒަކާތުން ފަލަސްތީނުގެ ގައްޒާއަށް ކަނޑައެޅި ފައިސާ އިން، އެ ގައުމުގެ ބަނޑުހައި ހޫނުކަމުގައި ޖެހިފައިވާ އާއިލާތަކަށް ބައި މިލިއަން ރުފިޔާގެ ކާބޯތަކެތި ފޮނުވާފައިވާ ކަމަށެވެ. '' ޒަކާތު ހައުސްއަށް ދިވެހި ލޮބުވެތި ރައްޔިތުން ހަވާލުކުރި ފިޠުރު ޒަކާތުން ފަލަޞްޠީނުގެ ޣައްޒާގެ ބަނޑުހައި ހޫނުކަމުގައި…









