އާދިއްތަ ދުވަހު ވޯޓުލާން ނިންމީ ޤާނޫނުގައިވާ މުއްދަތަށް އާ މަޖިލިސް ނުހޮވިދާނެތީ: ފުއާދު
އަންނަ މަހުގެ 21 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން ނިންމީ، އެއަށް ވުރެން ލަސްކޮށްފި ނަމަ މިހާރުގެ މަޖިލިސް އުވުމުގެ އެއް މަސް ކުރިން އިންތިހާބު ނުބޭއްވި ގާނޫނާ ހިލާފުވެދާނެ ކަމަށް ފެންނާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އެންމެ ފުރަތަމަ ނިންމީ މި މަހުގެ 17 ގައެވެ. އެއީ މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ…