ސަޢުދީގައި ބާއްވާ ގްރޭންޑް ޙައްޖު ސިމްޕޯޒިއަމްގައި ރާއްޖެ ބައިވެރިވެއްޖެ
ސަޢުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ 48 ވަނަ ގްރޭންޑް ޙައްޖު ސިމްޕޯޒިއަމްގައި ދިވެހިރާއްޖެ ބައިވެރިވެއްޖެއެވެ. މި ސިމްޕޯޒިއަމްގައި ދިވެހިރާއްޖެ ތަމްސީލުކުރައްވަނީ ޙައްޖު މިޝަންގެ ރައީސް އަލްއުސްތާޒް އުސާމް މުޙައްމަދެވެ. ސަޢުދީ އަރަބިއްޔާގެ ޙައްޖު މިނިސްޓަރާއި އެކި ޤައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވާ މި ސިމްޕޯޒިއަމްގައި، މީޑިއާތަކަށް ޚާއްސަކޮށްގެން އެވެއާނަސް ސެޝަނެއް އަދި ޙައްޖު މިޝަންތަކުގެ ޑޮކްޓަރުންނަށް ޚާއްސަކޮށްގެން ހެލްތު ވޯކްޝޮޕެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 1977 ވަނަ އަހަރުން ފެށިގެން ސަޢުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ޙައްޖު އެންޑް…









