ހައްޖާޖީންނަށް ތަމްރީނު ސެޝަންތައް ފަށައިފި
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން 1445 ވަނަ އަހަރުގައި ރާއްޖެއިން ހައްޖަށްދާ ހައްޖާޖީން އަޅުކަމަށް ފުރުމުގެ ކުރިން ހާއްސަ ތަމްރީނު ސެޝަންތަކެއް މިރޭ ފަށައިފި އެވެ. އެގޮތުން އެންމެ ފުރަތަމަ ސެޝަން ހާއްސަކޮށްފައިވަނީ އަންނަ ހުކުުރު ދުވަހު ފުރާ ފުރަތަމަ ގުރޫޕުގެ ޙައްޖުވެރިންނަށެވެ. މި ބައްދަލުބުމުގައި ދީނީ ސެޝަން ނަންގަވައިދެއްވީ ފުރަތަމަ ފުލައިޓްގައި ދަތުރުކުރައްވާ ޝެއިހު މުހައްމަދު ތައްޔިބުއެވެ. މި ތަމްރީނުތަކަކީ ކުރިން އޮންލައިން ކޮށް ސިލްސިލާ ގޮތެއްގައި ބާއްވަމުން އައި ބައްދަލުވުމެކެވެ. އެހެން ނަމަވެސް މިރޭގެ ސެޝަން…