ނަތަންޔާހޫ ވިދާޅުވަނީ އީރާނަށް ހަމަލާ ދިނުމުގެ ކުރިން ޓްރަމްޕަށް އެކަން އެންގެވި ކަމަށް
އީރާނަށް ހަމަލާ ދިނުމުގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެކަން އަންގަވާފައިވާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ. ފޮކްސް ނިއުސްއާ ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ އީރާނާ ގުޅޭ އަސްކަރީ ކެމްޕޭން ފެށުމުގެ ކުރިން ރައީސް ޓްރަމްޕަށް އެކަން އަންގާފައިވާ ކަމަށެވެ. ނަތަންޔާހޫ ވިދާޅުވީ އެމެރިކާގެ މިހާރުގެ ވެރިކަމާ އެކު ކުރެވޭ އެއްބާރުލުމަކީ "ކުރިން ނުފެންނަ ކަމެއް" ކަމަށާއި އިސްރާއީލުގެ ޖާސޫސީ އިދާރާއިން "ކޮންމެ މައުލޫމާތެއް" އެމެރިކާގެ ވޮޝިންޓަނާ ހިއްސާކުރައްވާ ކަމަށް…









