ގެނބުނު ޓޫރިސްޓަކަށް ފަރުވާ ދެނިކޮށް މަރުވެއްޖެ
ކ. މާފުށީގައި ގެނބިގެން މީހަކު މަރުވެއްޖެއެވެ. ފުލުހުން ބުނީ މާފުށި "އެކްޓިވް ސްޕޯޓްސް" އޭރިޔާއާ ދިމާ ނެރުމަތީގައި މީހަކު ގެނބިފައި އޮތް ކަމުގެ މައުލޫމާތު މިއަދު 10:25 ހާއިރު ކަމަށް ލިބިފައިވާ ކަމަށެވެ. އެ ރަށު ހެލްތު ސެންޓަރަށް އެ މީހާ ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލަދީ ފުލުހުން ވަނީ ބުނެފަ އެވެ. އެ ރަށު ކައުންސިލުން ބުނި ގޮތުގައި މި ހަދިސާގައި މަރުވެފައިވަނީ ފަތުރުވެރިއެކެވެ.