މާލެއަށް ރޭ ކުރި ވިއްސާރައާއި ގުޅިގެން 104 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފި
މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން ފެންބޮޑުވެގެން އެމްއެންޑީއެފްގެ ފަރާތުން 104 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް މިއަދު ހާމަކޮށްފިއެވެ. މި އޮޕަރޭޝަންގައި 528 ވެލި ބަސްތާ ޖަހާދީފައިވާ ކަމަށް މާލެ އޭރިއާ ކޮމާންޑުން މައުލޫމާތުދީފައިވެއެވެ. މިއީ މި މަހު ދިމާވި މިފަދަ ދެވަނަ ކާރިސާއެވެ. މި މަހުގެ ތިންވަނަ ދުވަހު މާލެއަށް ވެހުނު ވާރޭގެ ސަބަބުން ލިބުނު ގެއްލުމާ ގުޅިގެން 740 އަށްވުރެ ގިނަ ތަނަކުން އެކިއެކި އެހީތެރިކަމަށް އެދި ރިޕޯޓުކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.…









