ހުއްދަ ނުހޯދާ ހެލިކޮޕްޓަރ ބޭނުންކުރިކަމަށް ވިދާޅުވެ ޣައްސާން ދެއްކެވި ވާހަކަ އިންޑިއާއިން ދޮގު ކޮށްފި
އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓުކުރާ ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު އެމްއެންޑީއެފްގެ ހުއްދައެއް ނެތި ތ. ތިމަރަފުށީގައި ޖެއްސިކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރ ޢައްސާން މައުމޫން ދެއްކެވި ވާހަކަ އިންޑިއާ ހައިކޮމިޝަނުން ދޮގު ކޮށްފިއެވެ. މިމަހުގެ 11 ވަނަ ދުވަހު ދިވެހި ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގައި ބޭނުން ކުރަމުންދާ އިންޑިއާގެ ހެލިކޮޕްޓަރ ހުއްދަ ނެތި ބޭނުންކޮށްފައިވާކަމަށް ވިދާޅުވެ ޑިފެންސް މިނިސްޓަރ ދެއްކެވި ވާހަކައާއި ގުޅިގެން އިންޑިއާ ހައިކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގައި…