މިލަންދޫގައި އައިޑީ ކާޑު ދޫކުރަން ފަށައިފި
ށ. އަތޮޅު މިލަންދޫގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ޚިދުމަތް ފަށައިފިއެވެ. ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން މިއަދު ބުނީ އައިޑީ ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތް މިލަންދޫ ކައުންސިލްގައި ޤާއިމްވެފައިވާ ކަމަށެވެ. މިއާއެކު މިލަންދޫގެ ރައްޔިތުންނަށް 24 ގަޑިއިރުގެ ތެރޭގައި ސީދާ ރަށުން އައިޑީ ކާޑު ލިބޭނެ ކަމަށް ޑީއެންއާރުން ބުންޏެވެ. މި މަހުގެ 17 އިން ފެށިގެން ޑީއެންއާރުން ވަނީ އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ށ. އަތޮޅު ކައުންސިލަށްވެސް…









