ރައީސްއާ ފަސްޓް ލޭޑީ ސިންގަޕޫރަށް
ނުރަސްމީ ދަތުރުފުޅެއްގައި ރައީސް، ޑރ މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރަވާޑައިގެންނެވީ މިރޭގެ ވަގުތެއްގައި ކަމަށެވެ. މި އަހަރުގެ މާޗު މަހުވެސް، ރައީސްއާ ފަސްޓް ލޭޑީ ވަނީ ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރްގައި ތިން ދުވަސް ހޭދަކުރެއްވިއެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހުވެސް ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ރައީސް ކުރައްވިއެވެ.