މާލޭ ސިޓީ ކައުންސިލަށް އެސްޖީއަކު ހޯދަނީ
މާލެ ސިޓީ ކައުންސިލްގެ އިދާރާއަށް ސެކްރެޓަރީ ޖެނެރަލަކު ހޯދަން އިޢުލާންކޮށްފިއެވެ. ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ މި މަޤާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި 20،500ރ. އާއި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000ރ. އާއެކު ޖުމުލަ 35،500ރ. ލިބޭނެ ކަމަށެވެ. މީގެ އިތުރުން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތާއި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ލިބޭނެއެވެ. ސީއެސްސީން ބުނީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ…









